މަރުވެފައި އޮތް ބިދޭސީއަކު ހުޅުމާލެއިން ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަންއަށް ވިދާޅުވީ، ބަނގުލަދޭޝްގެ އެމީހާ މަރުވެފައި އޮއްވާ ފެނުނީ ހުޅުމާލޭގައި މަސައްކަތްކުރާ ސައިޓެއްގެ ތެރެއިން ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހަވީރޔ 4:30 އެހާކަންހާއިރު ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"އޭނާގެ ހަށިގަނޑުގެ ބޭރުން އެއްވެސް ޒަޚަމެއް ފެންނާކަށް ނެތް. ބެލެވެނީ ގުދުރަތީ މަރެއްކަމަށް،" އޮފިޝަލް ވިދާޅުވިއެވެ.

ހުޅުމާލޭގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނިފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ލ. ގަމުން ވެސް ވަނީ ޒަޚަމްތަކަކާ އެކު މަރުވެފައި އޮތް ބިދޭސީއަކު ފެނިފައެވެ.