14 Jun 2015, 12:31
އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސްއަށް ތައްޔާރުވާ ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމް 45 ދުވަހުގެ ޓްރޭނިންގ ކޭމްޕަކަށް މެލޭޝިއާ ފުރައިފިއެވެ.
ރޭ މެލޭޝިއާ ފުރި ޓީމްގައި ހިމެނެނީ 11 ކުޅުންތެރިންނެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠޮލާލް ސަންއަށް ވިދާޅުވީ މެލޭޝިއާއަށް ޓީމް ދާން ނިންމީ އެތުލެޓިކްސްއަށް ބޭނުންވާ ރަނގަޅު ވަސީލަތްތަކެއް މެލޭޝިއާގައި ލިބެން ހުރުމްން ކަމަށެވެ.
މެލޭޝިއާގައި ސިންތަޓިކްސް ސާފޭސްގައި ޓްރޭނިންގ ހެދުމުގެ އިތުރުން އެތުލެޓިސްއާ ގުޅުންހުރި އެހެނިހެންހެން ވަސީލަތްތައްވެސް މެލޭޝިއާގެ ޓްރޭނިންގ ކޭމްޕްގައި އެބަހުރި" ޠޮލާލް ވިދާލުވިއެވެ.
އެތުލެޓިކްސް ޓީމް މާލެ އައުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. ޓީމް ރީޔޫނިއަންއަށް ފުރަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ.
އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް އޮންނާނީ އޯގަސްޓް 1 އިން އަށްވަނަ ދުވަހަށެވެ.