އޯގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިޑިއަން އޯޝަން އައިލެންޑްސް ގޭމްސް (އައިއޯއައިޖީ)ގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމް އިއުލާންކޮށްފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެފައި ވަނީ އަންހެން ޓީމަށާއި ފިރިހެން ޓީމަށް ކުޅުންތެރިން ނަގާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ބޭއްވި ސިލެކްޝަން ކޮމިޓީ އާއި އެ އެސޯސިއޭޝަނުންގެ އެކްސްކޯއަށް ހުށަހެޅި ކުޅުންތެރިންގެ އެޓެންޑެންސް ރިޕޯޓަށާއި ކޯޗްގެ ރިކޮމެންޑޭޝަންތަކަށް ބެލުމަށްފަހު ބައްދަލުވުމުން ފާސްކޮށްގެން ކަމަށެވެ.

އެކްސްކޯގެ ބައްދަލުވުމުގައި ނިންމާފައި ވަނީ ޓީމަށް ހޮވިފައިވާ ކުޅުންތެރިޔެއް ކަމުގައި ވީނަމަވެސް އިންޑިއަން އޯޝަން އައިލެންޑް ގެމްސްއަށް ދިޔުމާ ހަމަޔަށް އެއްވެސް ކުޅުންތެރިޔަކު ހެނދުނާއި މެންދުރު ފަހު ޝެޝަންތަކުން ހާޒިރީން 80 އިންސައްތަ ފެއިލްވާނަމަ އެ ފުރުސަތު ކުޅުންތެރިންނަށް ނުދޭ ގޮތަށް ނިންމާފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ނިންމާފަ އެވެ.

ފިރިހެން ބެޑްމިންޓަން ޓީމަށް ހަ ކުޅުންތެރިން ނަގާފައިވާއިރު ފަސް އަންހެން ކުޅުންތެރިން ވަނީ ނަގާފަ އެވެ.

ފިރިހެން ޓީމް

  1. ނާޝިއު ޝަރަފުއްދީން

  2. މުހައްމަދު އަޖުފާން ރަޝީދު
  3. މުޙައްމަދު ސާރިމް
  4. ޙަސަން އަފްޝިން
  5. ޙުސައިން ޝަޔާން ޝަހީދު ޒަކީ
  6. މުހައްމަދު ނަޝްފާން

އަންހެން ޓީމް

  1. ޢައިޝަތު އަފްނާން ރަޝީދު

  2. އައިމިނަތު ޝަހުރުނާޒު މޫސަ
  3. އައިމިނަތު އަޙްމަދު ދީދީ
  4. މައިޝާ ފަތުހުﷲ
  5. ނީލަ އަޙްމަދު ނަޖީބު

އިންޑިއަން އޯޝަން އައިލެންޑްސް ގޭމް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް 1-8 ރީޔޫނިއަންގަ އެވެ.