13 Jun 2015, 14:54
ރާއްޖޭން ބޭރަށް ދާ ފަރާތްތަކަށް ދޭންޖެހޭ ޕޯލިއޯ އަދި ކޮލެރާ ވެކްސިން ދޭނެ އިންތިޒާމް ރޯދަ މަހުގެ ރޭގަނޑު ހަމަޖައްސަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، މިއަހަރު ރޯދަ މަހުގެ ތެރޭގައި ޕޯލިއޯ އަދި ކޮލެރާ ވެކްސިން ދިނުމަށް ދަމަނަވެށި ހުޅުވާފައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
"ޕޯލިއޯ އަދި ކޮލެރާ ވެކްސިންއަކީ އަގަޔަށް ދޭ ވެކްޝިން އަކަށް ވުމުން އެ ވެކްސިން ދުވާލަކު ނުދެވޭނެ ދެއްތޯ. އެހެންވެ ރޭގަނޑު އެހިދުމަތް ދޭ ގޮތަށް ނިންމީ،" އެޗްޕީއޭގެ އޮފިޝަލް ވިދާޅުވި އެވެ.
އެ ވެކްސިން ދިނުމަށް ރޯދަމަހު ކޮންމެ ހަފުތާއެއްގެ އާދީއްތަ، އަންގާރަ، އަދި ބުރާސްފަތި ދުވަހުގެ ރޭގަނޑު 9:30 އިން 10:30 އަށް ދަމަނަވެށިން ވެކްސިން ޖަހައިދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
އެ ދެ ވެކްސިން އަކީ ހައްޖަށާއި އުމުރާއަށް ދާ ފަރާތްތަކާއި ޕާކިސްތާނާއި ބައެއް އެހެން ގައުމުތަކަށް ދަތުރުކުރާ ދިވެހިން ޖަހަން ޖެހޭ ވެކްސިންއެކެވެ.