އޮންލައިން ގޭމިންނަށް އަމާޒުކޮށްގެން، މަޝްހޫރު ވިޑިއޯ ޝެއަރިން ސޯޝަލް ނެޓުވޯކް "ޔޫޓިއުބް" އިން ހާއްސަ ވެބްސައިޓެއް ނެރެފިއެވެ.

ހަމައެކަނި ގޭމު ކުޅޭ ފަރާތްތަކަށް ހާއްސަކޮށް ފަރުމާ ކޮށްގެން ތައްޔާރު ކޮށްފައިވާ އެ ސައިޓް ނުވަތަ އެޕްލިކޭޝަން ނެރެފައިވަނީ އިލެކްޓްރޯނިކް އެންޓަޓެއިންމެންޓް އެކްސްޕޯ ގައި ކަމަށް ޔޫޓިއުބް އިން ވަނީ ބުނެފައެވެ.

ޔޫޓިއުބް، ގޭމިން ކޮންޓެންޓް ގެ ގްލޯބަލް ހެޑް ރާޔަން ވައިޔަޓް ވިދާޅުވީ އެ ސައިޓުގެ ސަބަބުން ގޭމު ކުޅޭ ފަރާތްތަކަށް ހާއްސަ ވީޑިއޯތަކާއި ލައިވް ސްޓްރީމްގެ އިތުރުން އިންޓަނެޓް ޝަހުސިއްޔަތުން ހޯދާ ހެދޭނެ ކަމަށެވެ.

ޔޫޓިއުބް ގޭމިން ވެބްސައިޓާއި އެޕްލިކޭޝަން އެމެރިކާއަށާއި އިނގިރޭސިވިލާތަށް މިމަހުގެ ފަހުކޮޅު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އޭގެ ޕޭޖުތަކުގައި ޖުމްލަ 25،000 އަށް ވުރެ ގިނަ ގޭމް ހިމެނޭނެ ކަމަށް ޔޫޓިއުބް އިން ވަނީ ބުނެފައެެވެ.