ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން، އަންނަ ނޮވެމްބަރު މަހުން ފެށިގެން ނަގަން ހަމަޖެހިފައިވާ ގްރީން ޓެކްސް ގަވާއިދުގެ ޑްރާފްޓް، އާންމުންގެ ހިޔާލަށް ހުޅުވައިލައިފި އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އަންނަ ނޮވެންބަރު މަހުން ފެށިގެން ނެގުމަށް ހަމަޖެހިފައިވާ ގްރީން ޓެކްސް ނެގުމާބެހޭ އުސޫލުތައް ހިމެނޭ ގަވާއިދު އެ އޮތޯރިޓީގެވެބްސައިޓުގައިއާންމުކޮށް އެ ޑްރާފްޓަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ.

މިމަހުގެ 25ގެ ނިޔަލަށް އެފުރުސަތު ހުޅުވާލާފައިވާއިރު ހިޔާލު ހުށަހެޅޭ ވަސީލަތަކީ[email protected]އަށް މެއިލް ކޮށްގެންނެވެ.

މިދިޔަ ޑިސެމްބަރު މަހު މަޖިލީހުން ފާސްކުރި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ރާއްޖޭގެ ޓޫރިސްޓު ހިދުމަތްދޭ ތަނެއްގައި ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް ހަ ޑޮލަރުގެ ރޭޓުން ދައުލަތަށް ގްރީން ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ޓޫރިސްޓުންގެ އަތުން ނަގާ ހަ ޑޮލަރު ދައުލަތަށް ދެއްކުމަކީ އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތެއްގެ ޒިންމާއެއް ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.