13 Jun 2015, 11:03
ކ. މާފުށީ ގެއެއްގެ ތެރޭގައި ދަންޖެހިފައި ހުރި ޒުވާނަކު ފެނިއްޖެ އެވެ.
ދަންޖެހިގެން މަރުވެފައި ވަނީ އެރަށު މޭވާގަސްދޮށުގޭ އުމުރުން 27 އަހަރުގެ އަހުމަދު މަހުރީން އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލަ ރޭ ދަންވަރު 12:04 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މާފުށީގައި ޒުވާނަކު ދަންޖެހިގެން މަރުވި މައްސަލަ ތަހުގީގު ކުރުމަށް އެރަށުގައި ފުލުހުން ހަރަކާތްތެރިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ، ފުލުހުން އެތަނަށް ދިޔައިރު، އެމީހާ އޮތީ ކުނިވާން ފަށާފައި ކަމަށެވެ. އެހެންކަމުން މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އެމީހާ ދަންޖެހި ދެދުވަހެއްވަރު ފަހުންކަމަށް ބެލެވޭކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް އިތުރު ތަފްސީލެއް ދެއްވަން އެނގޭނީ ތަހުގީގަށްފަހު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.