12 Jun 2015, 15:35
ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝަކޫރަށް އެއަތޮޅު ވިލިގިލިން ރޭ ބަޔަކު ހަމަލާ ދީފި އެވެ.
އެއަތޮޅު ދާންދޫ ސަރުކާރު އޮފީހެއްގައި މަސައްކަތްކުރައްވާ ބޭފުޅަކު ވިދާޅުވީ މެޖިސްޓްރޭޓް ޝުކޫރަށް ހަމަލާދީފައިވަނީ ރޭ 7:30 އެހާ ކަންހާއިރު ކަމަށެެވެ.
ވިލިގިލީގައި މިހާރު ދިރިއުޅުއްވާ ޝުކޫރު ރޭ އިރާކޮޅު ސައިކަލުގައި އެރަށު ބަނދަރު ސަރަހައްދުން ދަނިކޮށް ގުރޫޕަކުން އެއްލި ގާބުރިއަކުން ޖެހި ބޮލަށް އަނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮލަށް ލިބުނު އަނިޔާއަށް ވިލިގިލީ ހޮސްޕިޓަލުން ވަނީ ފަރުވާވެސް ހޯދާފައި،" އޭނާ ވިދާޅުވިއެވެ
އޭނާ ވިދާޅުވީ ގާބުރިއަކުން މެޖިސްޓްރޭޓްގެ ބޮލުގައި ޖެހީ ކޮންބައެއް ކަން ނޭންގޭ ކަމަށާއި، އޭގެ ކުރިން އެއްވެސް އިންޒާރެއްވެސް ލިބިފައި ނުވާ ކަމަށެވެ.
މިހާރު ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.