12 Jun 2015, 10:17
އަންނަ ރަމަޟާން މަހު ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ޚިދުމަތްތައްދޭ ގަޑިތައް ކަނޑައަޅައިފި އެވެ.
އިމިގްރޭޝަނުން ނެރުނު އިއުލާނެއްގައި ވަނީ ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ދިވެހި ޕާސްޕޯޓު ޚިދުމަތުގެ ފޯމް ބަލައިގަތުމަށް ހަމެޖެހިފައި ވަނީ ހެނދުނު 10:15 އިން މެންދުރު 12:00 އަށް ކަމަށެވެ.
ދިވެހި ޕާސްޕޯޓު ދޫކުރަން ހަމަޖެހިފައި ވަނީ ހެނދުނު 10:15 އިން ފެށިގެން މެންދުރުފަހު 1:00 އަށް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ޕާސްޕޯޓު ޚިދުމަތުގެ ފޯމް ބަލައިގަތުމާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތަށް ވެސް ކޮންމެ ދުވަހަކު ދޫކުރާނީ 100 ޓޯކެން ނަންބަރު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އެކްސެޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ޚިދުމަތަށް އެދެވޭނީ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށެވެ.
ބިދޭސީން ގެނައުމަށް އެކައުންޓް ރަޖިސްޓްރީ ކުރުމާބެހޭ ޚިދުމަތް ހެނދުނު 10:15 އިން 11:15 އަށް ދިނުމަށް އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ.