12 Jun 2015, 09:55
ގއ. ދާންދޫގައި ނައިޓު މާކެޓެއް ފަށައިފި އެވެ.
ދާންދޫ ކައުންސިލްގެ ރައީސް އިސްމާއީލް ލަތީފް ސަން އަށް ވިދާޅުވީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ނައިޓު މާކެޓު ފެށީ ރޭ 8:30 ގައި ކަމަށެވެ.
އޭނާ ވިދާޅުވީ ނައިޓު މާކެޓު ކުރިއަށްދާނީ މިރޭ 11:00 ގެ ނިޔަލަށް ކަމަށެވެ.
ނައިޓުމާކެޓުގައި ދާންދޫގެ ފަސް ފިހާރައަކުން ބައިވެރިވެފައިވާއިރު އެއަތޮޅު ގެމަނަފުއްޓަށް ނިސްބަތްވާ މީހަކު ވެސް ނައިޓު މާކެޓުގައި ބައިވެރިވި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ގއ. ދާންދޫގައި ކުރިއަށްދާ ނައިޓު ކާމެޓުގެ ތެރެއިން ---- ފޮޓޯ/ ދާންދޫ ކައުންސިލް
އޭނާ ވިދާޅުވީ ނައިޓު މާކެޓުގައި ހުންނަނީ ދިހަ ފޫޓު ދިހަ ފޫޓުގެ ގޮޅިތަކެއް ކަމަށާއި ބައިވެރިވި ކޮންމެ ފަރާތަކުން ވެސް ދެ ގޮޅި ނުވަތަ ތިން ގޮޅި ގަނެފައިވާ ކަމަށެވެ.
މިފަދަ ނައިޓު މާކެޓެއް ކައުންސިލުން އިންތިޒާމް ކުރީ ރޯދަމަހާ ދިމާކޮށް ބޭނުންވާ އެކިއެކި ސާމާނު، ޚާއްސަކޮށް ބަދިގެ ސާމާނާއި ކާބޯތަކެތީގެ އިތުރުން އަންނައުނު ފަދަތަކެތި އެއްތަނަކުން ރައްޔިތުންނަށް ލިބޭނެގޮތް ހެދުމަށް ކަމަށް ދާންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ގއ. ދާންދޫގައި ކުރިއަށްދާ ނައިޓު ކާމެޓުގެ ތެރެއިން ---- ފޮޓޯ/ ދާންދޫ ކައުންސިލް
އޭނާ ވިދާޅުވީ ނައިޓު މާކެޓު ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި އެރަށުގައި ވިޔަފާރި ކުރާ ފަރާތްތަކަށް އިތުރު ކުރިއެރުންތަކެއް ހޯދައިދިނުމުގެ މަގު ހުޅުވާލުން ވެސް ހިމެނޭ ކަމަށެވެ.