11 Jun 2015, 15:40
ލ. ގަމު ގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮތް ބިދޭސީއަކު ފެނުނު މައްސަލަ ތަހުގީގް ކުރަން ފުލުހުންގެ ހާއްސަ ޓީމެއް މާލެއިން އެރަށަށް ގޮސް ތަހުގީގް ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 7:10 ގައި ހުށައެޅުނު އެމަރުގެ މައްސަލައާއި ގުޅިގެން ފޮރެންސިކްވެސް ހިމެނޭގޮތަށް ތަހުގީގުގެ ހާއްސަ ޓީމެއް ގަމަށް ގޮސްފައިވާ ކަމަށެވެ. އެޓީމަކީ މަރުގެ ބޮޑެތި މައްސަލަތައް ބަލައިހަދާ ތަހުގީގީ ޓީމެއް ކަމަށްވެސް ވިދާޅުވިއެވެ.
"މަރުގެ ބޮޑެތި ކޭއެއް ވީމަ އެޓީމް ދަނީ، މިކަމުގައި އެބައުޅޭތަ ބައިވަރު ކަންތައްތަކެއް އެހެންވީމަ ދަނީ." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެމައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ބިދޭސީއަކު މަރުވެފައި އޮއްވައި ފެނިފައިވަނީ އެރަށު ތުނޑީ އަވަށު ގެއެއްގެ ތެރޭގައެވެ. ސަން އަށް އެނގިފައިވާގޮތުގައި އޭނާގެ ބޮލަށް ބޮޑު ޒަހަމްތަކެއް ވަނީ ލިބިފައެވެ. އަދި އޭނާގެ ގައިން ކުނިވަސްދުވާކަމަށް ސަންއަށް ވަނީ މައުލޫމާތު ލިބިފައެވެ.
މަރުވެފައިއޮށްވައި ފެނުނު ބިދޭސީ މީހާ އަކީ މާލޭމީހަކު އެރަށުގައި ހަދާފައި ހުންނަ ގެއެއް ބަލަހައްޓަން ހުންނަ މީހެކެވެ.