ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއާ ގަތަރު މިރޭ ގަލޮޅު ދަނޑުގައި ބައްދަލު ކުރަން ހަމަޖެހިފައިވާއިރު ހަމައެކަނި އޯލް ސްޕޮޓްސްގައި ވިއްކަމުންދާ ގައުމީ ޓީމްގެ އޮފިޝަލް ޖޯޒީތަކުގެ ބޮޑު ބައެއް ވިކި ހުސްވެއްޖެއެވެ.

އޯލް ސްޕޯޓްސްގެ ސޭލްސް މެނޭޖާ ޢަބްދުﷲ ޝަރީފު އައްދު ސަން އަށް ވިދާޅުވީ އޯލް ސްޕޯޓްސްއަށް ގެނައި 1000 ގާތް ގަނޑަކަށް ވިކި ހުސްވެއްޖެ ކަމަށެވެ.

މެންދުރު ފަހު ދިން އިންޓަވިއުގައި އައްދު ވިދާޅު މީޑިއަމް ސައިޒުގެ ހުރިހާ ޖޯޒީއެއް ވިކި ހުސްވެފައިވާއިރު މިހާރު ހުރީ ލާޖް ސައިޒްގެ 15 ޖޯޒީ ކަމަށެވެ.

"މިފަހަރު އިތުރު ޖޯޒީއެއް ފިހާރައަކަށް ނާންނާނެ. އަޅުގަނޑުމެން އަތުގައި ހުރި ޖޯޒީތައް ގާތްގަނޑަކަށް ވިކި ހުސްވީ" އައްދު ވިދާލުވިއެވެ.

އޯްލ ސްޕޮޓްސްގައި ގައުމީ ތީމް ޖޯޒީ ވިއްކަން ފެށި ރޭގައި ގިނަ ބަޔަކު ގައުމީ ޓީމްގެ ޖޯޒީ ގަންނަން ކިޔު ޖެހިފައި --- ފޮޓޯ/ އެފްއޭއެމް

އޭނާ ވިދާޅުވީ އޮފިޝަލް ޖޯޒީ ހުސްވެގެން ރަތް ކުލައިގެ ޕްލޭން ޖޯޒީވެސް ގަންނަމުންދާކަމަށެވެ.

"އޮފިޝަލް ޖޮޒީ އެ ހުސްވީ. މިހާރު ގިނަ އަދަދަކަށް ރަތް ކުލައިގެ ޕްލޭން ޒޯޒީވެސް ދަނީ ވިކެމުން. ޕްލޭން ޖޯޒީގެވެސް 1000 ޖޯޒީ ވިކިއްޖެ. އެހެންވީމާ އަޅުގަނޑުމެން މިބަލަނީ މިރޭގެ މެޗާއި ގުޅިގެން ގާތް ގަނޑކަށް ދެހާހަށްވުރެ ގިނަ ޒޯޒީ ވިކިފައިވާނެކަމަށް" އައްދު ވިދާލުވިއެވެ.

އޯލް ސްޕޯޓްސްއިން ގައުމީ ޓީމްގެ އޮފިޝަލް ޖޯޒީ ވިއްކާފައިވަނީ 380 ރުފިޔާއަށެވެ.

ރާއްޖޭގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ބްރޭންޑް 'ސްޕޯޓްސް ޕަވާ' ގެ ސީއީއޯ ޚާލިދު ޢަބްދުﷲ ސަން އަށް ވިދާޅުވީ އެފިހާރައިން ރަތް ޖޯޒީ ނެރުނީ މިއަދު ހެނދުނު ކަމަށާއި މިހާތަނަށް 210 ކިޓް ވިކިފައިވާ ކަމަށެވެ.

ޚަލިދު ވިދާޅުވީ އެފިހާރައިން ވިއްކަނީ ގައުމީ ޓިމްގެ ރަސްމީ ޖޯޒީ ނުންކަމަށާއި ނަމަވެސް ރަތް ކުލައިގެ ޖޯޒިއެއް ކަމަށެވެ.

ސްޕޯޓްސް ޕަވާއިން ޖޯޒީއާއެކު ސޯޓްވެސް ވިއްކައެވެ. ޖޯޒީއާއެކު ސޯތް ކިޓްގެ އަގަކީ 295 ރުފިޔާއެވެ.