މިނިވަން ފަންސާސް ފާހަގަކުރުމަށް އުރީދޫއިން ކުރިއަށް ގެންދާ ކެމްޕެއިންގެ ދަށުން "ބިގް މިލިއަން އޮފާ" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް މިއަދުފަށައިފި އެވެ.

އެ ޕްރޮމޯޝަންގެ ދަށުން އުރީދޫގެ ކޮންމެ ކަސްޓަމަރަކަށް ވެސް އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއްގެ ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ހުޅުވިފައިވާއިރު، އޭގެ އިތުރުން 12،000 ކަށްޓަމަރަކަށް ތަފާތު ހަދިޔާތައް ލިބިގެންދާނެ އެވެ. ރާއްޖެއަށް މިނިވަން ފަންސާސް ފުރުމުގެ މުނާސަބަތުގައި އުރީދޫން ކުރިއަށްގެންދާ މި ޕްރޮމޯޝަނަކީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދާ އެންމެ އަގުބޮޑު އެއް ޕްރޮމޯޝަނެވެ.

ޕްރޮމޯޝަނާގުޅޭ މައުލޫމާތު ދެއްވަމުން އުރީދޫގެ ހެޑް އޮފް ޕްރޮޑަކްޓްސް އަރްޝަދު ޝާކިރު ވިދާޅުވީ، އެ ޕްރޮމޯޝަންގެ ދަށުން އުރީދޫގެ ހިދުމަތްތައް ބޭނުންކުރާ މިންވަރަކުން ކަސްޓަމަރުންނަށް ޕޮއިންޓް ލިބެމުންދާނެ ކަމަށެވެ.

އެގޮތުން އުރީދޫގެ "ބިގް މިލިއަން އޮފާ" ގައި ބައިވެރިވެ ކަނޑައެޅިފައިވާ ވަރަށް ޕޮއިންޓް ހާސިލްކުރާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ލިބޭ އިނާމާއި ކޮންމެ ހަފްތާއަކު ލިބޭ އިނާމުތަކުގެ އިތުރުން "ބިގް މިލިއަން ކޭޝް ޕްރައިޒް" ލިބުމުގެ ފުރުސަތުވެސް އޮންނާނެ އެވެ. އެންމެ ގިނައިން ޕޮއިންޓް ހޯދާ ކަސްޓަމަރުންނަށް އިނާމު ހޯދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބިގް މިލިއަން ކޭޝް ޕްރައިޒް" ގެ ދަށުން 10 ނަސީބުވެރިއަކަށް ޖުމްލަ އެއް މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާގެ އިނާމު ލިބޭނެ ކަމަށާއި އެއީ 10 ކަސްޓަމަރަކަށް 100،000 ރުފިޔާގެ މަގުންކަމަށް އަރްޝަދު ވިދާޅުވި އެވެ. އަދި ކޮންމެ ހަފްތާއެއްގެ ޓާގެޓް ހާސިލްކުރައްވާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރިޔާއަށް އައިފޯން6 އެއް ލިބޭނެ އެވެ. އޭގެ އިތުރުން ކޮންމެ ދުވަހަކު ހިލޭ ޑޭޓާ އަދި ހިލޭ މިނިޓްސް ލިބޭނެ ކަމަށް އަރްޝަދު ވިދާޅުވި އެވެ.

އެހެން ޕްރޮމޯޝަންތަކާ ހިލާފަށް މި ޕްރޮމޯޝަންގައި ބައިވެރިވާން ވަކިކަމެއް ކުރާކަށް ނުޖެހެ އެވެ. އުރީދޫ އިން އެސްއެމްއެސްގެ ޒަރިއްޔާ އިން ކޮންމެ ކަސްޓަމަރަކަށް ވެސް އެ ކަސްޓަމަރެއް ދުވާލެއްގެ މައްޗަށް ބޭނުންކުރަން ޖެހޭ ޓާގެޓް ފޮނުވުމުން، ކަސްޓަމަރު އެ ޓާގެޓަށް ވާސިލްވާންވީ އެވެ.

އެ ޕްރޮމޯޝަން ކުރިއަށްދާނީ ޖޫން 11 އިން ފެށިގެން އޮގަސްޓް މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.