ގައުމީ ޓީމް މިރޭ ގަތަރާ ދެކޮޅަށް ނިކުންނައިރު އެފްއޭއެމްގެ ހުއްދަ ނެތި ބައެއް ފަރާތްކުން އެ އިދާރާގެ ލޮގޯ ޖޯޒީތަކުގައި ޖަހައިގެން ވިއްކަމުންދާތީ އެކަން ހުއްޓައިލުމަށް އެފެއޭއެމްއިން ގޮވާލައިފި އެވެ.

އެފްއޭއެމް މީޑިއާ އޮފިޝަލް މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ވަނީ އެފްއޭއެމްގެ ލޯގޯއަކީ ރަޖިސްޓަރީކޮށްފައިވާ ލޯގޯއެއް ކަމުގައިވާތީ އެ އިދާރާގެ ލޯގޯ ބޭނުން ކުރަންވާނީ އެ އިދާރާގެ ހުއްދަޔާއެކު ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، ބައެއް ފަރާތްތަކުން އެފްއޭއެމްގެ ލޯގޯ ޖަހައިގެން ގައުމީ ޓީމް ޖޯޒީ ވިއްކަމުންދާ ކަމަށާއި އެފްއޭއެމްގެ ލޯގޯ ޖަހައިގެން ވިޔަފާރީގެ އުފެއްދުންތަކުގައި ބޭނުން ކުރުމުގެ ކުރިން ހުއްދައަށް އެދި އެފްއޭއެމްއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެފްއޭއެމުން ބުނީ، "ގައުމީ ޓީމުގެ އޮފިޝަލް ޖާޒީ ލިބެން ހުންނާނީ، ހަމައެކަނި އޯލް ސްޕޯޓްސް އިން" ކަމަށެވެ.