އެޑްވޮކޭޓިން ރައިޓްސް ފޮ ޗިލްޑްރަން (އާކް) މެދުވެރިކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަ ކުދިންނަށް ތަކެތި ހަދިޔާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

"ރަމަޟާން ކަލެކްޝަން"ގެ ނަމުގައި ކުރިއަށް ގެންދާ އެ ހަރަކާތަކީ ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އެ އޯގަނައިޒޭޝަން އިން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އެ ހަރަކާތުގެ ދަށުން ކޮންމެ އަހަރަކު ވިލިމާލޭ ކުޑަކުދިންގެ ހިޔަލާއި މާފުށީ އެޑިއުކޭޝަން އެންޑް ޓްރެއިނިން ސެންޓަ ފޯ ޗިލްޑްރެންގެ ކުދިންނަށް ބޭނުންވާ ތަކެތި ހަދިޔާ ކުރަމުން އަންނަ ކަމަށް އާކް އިން ބުންޏެވެ.

ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ހަވާލު ތަކެތި ހަދިޔާ ކުރަން ހުޅުވާލާފައި ވަނީ މި މަހުގެ 15ގެ ނިޔަލަށެވެ. އެ ގޮތުން އެ ހަދިޔާ ކުރާ ތަކެއްޗަކީ ބޭނުން ކުރެވޭ ހާލުގައިވާ ތަކެތި ކަމަށް ވެސް އާކް އިން ވަނީ ބުނެފަ އެވެ.

ކުޑަކުދިން ދިރިއުޅޭ މަރުކަޒުތަކުން އެންމެ ބޭނުންތެރި ކަމަށް ފާހަގަކޮށްފައިވާ ތަކެތި:

ހެދުމާއި ފައިވާން (ހުރިހާ އުމުރު ފުރައެއްގެ އަންހެން/ފިރިހެން ކުދިންނަށް):

  • ބޫޓު/ފައިވާން

  • ގަމީސް އަދި ޓީޝާޓް
  • ސޯޓު/ފަޓުލޫނު
  • ބޮކްސާ
  • ފުޓުބޯޅަ ޖާޒީ
  • ޓައިޓް/ޖީންސް/ލެގިންގްސް
  • ޓޮޕް/ހެދުން
  • ބުރުގާ/ޝޯލް

އެހެނިހެން:

  • ރަޖާ

  • ތުވާލި
  • ފެންވަރާ/ރީތިވާ ސާމާނު

ކާބޯތަކެތި:

  • ހިކި ކިރު

  • މަސް ދަޅު
  • މޭވާ އަދި ތަރުކާރީ

ކުޅިވަރު

  • ފުޓުބޯޅަ/ވޮލީބޯޅަ/ބާސްކެޓްބޯޅަ

  • ޓޭބަލް ޓެނިސް ބޯޅަ އާއި ރެކެޓް
  • ބެޑްމިންޓަން ބޯޅަ އާއި ރެކެޓް
  • ޕްލޭސްޓޭޝަން އާއި ގޭމް