14 Apr 2010, 14:27
14:30
ސަދަން ޔުޓިލިޓީޒް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބަދަލުގެންނަވައިފި އެވެ.
މިބަދަލާ ގުޅިގެން ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، އައްޑުއަތޮޅު ހުޅުދޫ ބްލޫސްކައި އަޙްމަދު ޒަރީރާއި، ފުވައްމުލައް، ހިމާލިޔާ، އަޙްމަދު މުޙަންމަދާއި، އައްޑުއަތޮޅު މަރަދޫ ރިޔާ، އަޙްމަދު އަސީފާއި، ފުވައްމުލައް،ގަންޖާމިގޭ ޢަބްދުﷲ މިއާދާއި، އައްޑުއަތޮޅު ހިތަދޫ، ޒަމާނީގޭ ޙުސައިން ޝާހިދާއި، އައްޑުއަތޮޅު ހިތަދޫ، ވާރޭވިލާ، ޙަސަން މުޙަންމަދު އަދި އައްޑުއަތޮޅު ފޭދޫ ޗަނބޭލީގޭ ފަޠުހުﷲ ޞާލިޙު ކަމަށް ރައީސް އޮފީހުން ބުނެ އެވެ.