10 Jun 2015, 16:40
މާލެ އާއި ބައެއް އަތޮޅުތަކުގައި ޑެންގީ ހުމާއި ވައިރަލް ހުން ފެތުރުން އިތުުރުވަމުންދާތީ މަދަރި މަދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފި އެވެ.
އެ އެޖެންސީން ނެރުނު ހެލްތް އެލާޓްގައި ވަނީ ޑެންގީ ހުމާއި ވައިރަލް ހުން މިދުވަސްވަރު ފެތުރޭ މިންވަރު އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. ހުންއައިސް ތިން ދުވަހަށް ވުރެ އިތުރުވާނަމަ ޑޮކްޓަރެއް ނުވަތަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް ވެސް އެ އެޖެންސީން އެދެއެވެ.
މަދިރިކޮންޓްރޯލް ކުރަން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގޯތިތެރެއާއި ވައިގޮޅިފަދަ ތަންތަނަށް ކުނި އުކާލުމުގެ ބަދަލުގައި ޑަސްބިންތަކަށް ކުނި އުކާލުން އަދި ކުނިއުކާލާ ޑަސްބިން ފަދަަތަކެތި ފެން ނޭޅޭގޮތަށް މަތި ބަންދުކޮށްފައި ބެހެއްޓުމަށް ވެސް އެ އެޖެންސީން އެދެއެވެ.