10 Jun 2015, 10:35
އިރާގަށް އިތުރު އެތައް ސަތޭކަ ސިފައިންނެއް ފޮނުވަން އެމެރިކާ ސަރުކާރުން ތައްޔާރުވެއްޖެ އެވެ.
އެމެރިކާގެ އޮފިޝަލުންތަކަކާ ހަވާލާދީ ރޮއިޓާސް ބުނީ އެމެރިކާ އިން ރާވަމުން ދަނީ އިރާގުގެ އަންބާރު ޕްރޮވިންސްގައި އާ އަސްކަރީ މަރުކަޒެއް ގާއިމްކޮށް، މުރުޝިދުންނާއި ތަމްރީނުދޭ މީހުންގެ ގޮތުގައި އިތުރު ސިފައިން ފޮނުވުމަށެވެ. އެއީ އިސްލާމިކް ސްޓޭޓް ( އައިއެސް) އާ ހަނގުރާމަ ކުރުމަށް އިރާގު ސިފައިން ތައްޔާރު ކުރުމަށް ކަމަށް ވެސް ރޮއިޓާސްގެ ހަބަރުގައިވެ އެވެ.
އާ ރޭވުމާ އެއްގޮތަށް އަމަލު ކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ މިއަދު ވެސް އާނބަސް ވިދާޅުވެދާނެ ކަމަށް މަޝްވަރާތަކުގައި ބައިވެރިވި އޮފިޝަލަކު ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ.
އެމެރިކާ އިން އިރާގަށް އިތުރު ސިފައިން ފޮނުވަން ތައްޔާރުވީ އިސްލާމިކް ސްޓޭޓުން އަންބާރު ޕްރޮވިންސްގެ ވެރިރަށް ރަމާދީ ހިފުމުން ކަމަށް ބެލެވެ އެވެ. އައިއެސް އިން އަންބާރު ހިފީ އިރާގު ސިފައިންނަށް އެހީވުމަށް އެމެރިކާގެ 3100 ސިފައިން އިރާގުގައި ތިއްބައެވެ.
ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އައިއެސް އިން ވަނީ އިރާގުގެ ތިންބައިކުޅަ ދެބަޔާއި ސޫރިޔާގެ ދެބައިކުޅަ އެއްބައި ހިފާފައެވެ.