ހަފުތާ ބަންދުގައި އެމެރިކާގެ ޓެކްސަސްގައި އޮތް ޕޫލު ޕާޓީއެއްގައި ބަޑިން ބިރުދައްކައި 15 އަހަރުގެ ކުއްޖަކު ބިންމައްޗަށް ވައްޓާލައި ހައްޔަރު ކުރި މައްސަލަ ހޫނުވެ، އެ މަންޒަރު ފެންނަ ވީޑިއޯ އާންމުވިތާ އެއް ދުވަސް ފަހުން އެ އޮފިސަރު އިސްތިއުފާދީފި އެވެ.

ޕޫލް ޕާޓީ ބައްދަލުވުމުގައި ކޯޕްރަލް، އެރިކް ކޭސްބޯލްޓް،41، ވަނީ 15 އަހަރުގެ ކަޅު ނަސްލުގެ އަންހެން ކުއްޖަކާ ދިމާލަށް އޭނާގެ އުނަގަނޑުގައި އިން ފިސްތޯލަ ނަގައި ބިރުދައްކައި، އެ ކުއްޖާ ބިންމައްޗަށް ޖަހައި އަދި ގައި މައްޗަށް އަރައި ފުރަގަހުން ބިޑިއަޅުވައިފަ އެވެ. އެރިކަކީ ދޮން ނަސްލުގެ މީހެކެވެ.

އެ ހާދިސާ ހިނގިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ވަނީ އެތައް ސަތޭކަ ބަޔަކު އެތަނަށް އެއްވެ އެ އޮފިސަރު އިސްތިއުފާ ދިނުމަށް އަޑުއުފުލައިފަ އެވެ.

ފުލުހުންގެ ކޮމާންޑުން ބުނީ އެ ސީނުގައި 12 އޮފިސަރުން ހަރަކާތްތެރިވި ކަމަށާއި 11 އޮފިސަރުން އަމަލުކޮށްފައި ވަނީ އެ މީހުންނަށް ދީފައިވާ ތަމްރީނާ އެއްގޮތަކަށް ކަމަށެވެ. ނަމަވެސް އެރިކްގެ އަމަލު ރަނގަޅު ނޫން ކަމަށެވެ.

މައުލޫމާތު: ބީބީސީ