09 Jun 2015, 17:09
ޗެލްސީގެ ކެޕްޓަން އަދި އިނގިރޭސި ވިލާތުގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ޖޯން ޓެރީ ވެސް ޗުއްޓީ ހޭދަ ކުރުމަށްޓަކައި މިއަދު މާލެ އަތުވެއްޖެ އެވެ.
ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގް ޗެމްޕިއަން ކަން ހޯދާފައިވާ ޗެލްސީގެ ކެޕްޓަން ރާއްޖޭގައި ޗުއްޓި ހޭދަ ކުރުމަށް ހަމަޖެހިފައި ވަނީ މާލެ އަތޮޅު ފޯ ސިން ރިސޯޓްގަ އެވެ.
މި ސީޒަންގައި ބޮޑު ލީޑަކާއެކު ޗެލްސީން ޕްރިމިއާ ލީގު ހޯދިއިރު ޓެރީ ވަނީ ޗެލްސީގެ ޑިފެންސްގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ދެހާސް ވަނަ އަހަރު އިނގިރޭސި 21 އަހަރުން ދަށުގެ ގައުމީ ޓީމުން ގައުމީ ކެރިއަ ފަށައި ސީނީއާ ޓީމުން ގައުމީ ޓީމަށް ކުޅެން ހުއްޓާލީ 2012 ވަނަ އަހަރުއެވެ.
ޓެރީއާއެކު އޭނާގެ އާއިލާ ވެސް ވަނީ ރާއްޖެ އައިސްފަ އެވެ.
ޓެރި މިއަދު ރާއްޖެ އައިއިރު ބާސެލޯނާގެ ފޯވަޑް ލުއިސް ސުއަރޭޒް ވެސް ވަނި މިއަދު މާލެ އައިސްފަ އެވެ.