09 Jun 2015, 15:04
ނިމިދިޔަ ސީޒަންގައި ބާސާއަށް ތިން މުބާރާތް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ރާއްޖެ އަތުވެއްޖެ އެވެ.
ސުއުރޭޒް ރާއްޖެއައީ ހިނގަމުން މިދާ އޮފް ސީޒަންގައި ޗުއްޓި ހޭދަކޮށްލުމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އޭނާ ޗުއްޓި ހޭދަ ކުރުމަށް ހަމަޖެހިފައިވަނީ ދ. އަތޮޅުގައި އޮންނަ ނިޔާމަ އައިލެންޑް ރިސޯޓްގައެވެ.
ސުއަރޭޒް ވަނީ ނިމިދިޔަ ސީޒަންގައި ބާސާގައި ކުޅުނު 42 މެޗްގައި އެޓީމަށް 25 ލަނޑު ޖަހައިދިފައެވެ.
މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި އިޓަލީގެ ޑިފެންޑަރު ކިއަލިނީގެ ކޮނޑުގައި ދަތް އެޅުމުން ސުއަރޭޒް ހަތަރު މަހަށް ސަސްޕެންޑު ކުރުމުން އޭނާއަށް ވަނީ ސީޒަންގެ ކުރީކޮޅުގައި ބާސާއަށް ކުޅުމުގެ ފުރުސަތު ގެއްލިފައެވެ.
އޭނާ ބާސާއަށް ބަދަލުވީ 75 މިލިއަން ޕައުންޑަށެވެ.
ސުއަރޭޒް ރާއްޖެ އައިއިރު އޭނާ ނިސްބަތްވާ އުރުގުއޭ ބައިވެރިވާ ކޮޕަ އެމެރިކާ ކަޕް ބުރާސްފަތި ދުވަހު ފަށާ ގޮތަށް ވަނީ ހަމަޖެހިފައެވެ.