މަޝްހޫރު ލަވަކިޔުންތެރިޔާ ޕިޓްބުލް ޗުއްޓީއެއް ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެ އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި ޕިޓް ބުލް ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅު ވެލާ ރިސޯޓް ކައިރީގައި އޮންނަ ރާއްޖޭގެ ހިތްގައިމު ފަސްތަރީގެ ރިސޯޓެއް ކަމުގައިވާ ޝެވެލް ބްލޮންކް ރަންދެލީގަ އެވެ. ޕިޓްބުލް ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އީކޭ ފްލައިޓަކުންނެވެ.

ހިޕްހޮޕް ޕޮޕް އަދި ހައުސް ލަވަތަކަށް މަޝްހޫރު ލަވަކިޔުންތެރިއާ ޕިޓްބުލް ރާއްޖޭގައި ހޭދަކުރާ މި ދަތުރުގައި ވެލާގައި ބާއްވާ މިއުޒިކް ޝޯއެއް ކުޅުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އަދި އެ ޝޯގައި ހޮލީވުޑްގެ އިތުރު ތަރިން ވެސް ބައިވެރިވާނެ އެވެ.

ޕިޓްބުލް ޕްރިޔަންކާ އެކު --

ރާއްޖޭގެ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ ބޭރުގެ މަހުޖަނުންނާއި ހާއްސަކޮށް ސެލެބްރިޓީޒްގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރާއްޖެ އަށް ބޮލީވުޑް އަދި ހޮލީވުޑްގެ ގިނަ ތަރިންވަނީ ޒިޔާރަތްކޮށްފަ އެވެ.