ހުޅުމާލޭގައި ޖުވާ ކުޅެމުން ތިބި ބިދޭސީންތަކެއް ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ހުޅުމާލެއިން އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ހަތަރު މީހުން ކަމަަށެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށް ފަހު ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ޖުވާކުޅެން ތިބި ތަން ބަލައި ފާސްކުރުމަށް ފަހު ޖުވާކުޅެން ބޭނުން ކުރާ ބައެއް އާލާތްތަކާއެކު 10،000 އަށްވުރެ ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.