09 Jun 2015, 12:46
ފޭކް ނޫނީ ވަގު ޑިގްރީ ސެޓްފިކެޓެއްގެ މައްސަލައެއްގައި ދިއްލީގެ ލޯ މިނިސްޓަރު އަދި އާމް އާދަމީ ޕާޓީ (އޭއޭޕީ) ލީޑަރު ޖީތެންދުރާ ސިންގް ޓޯމާ ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ މިދިޔަ ފެބްރުއަރީ މަހު ދިއްލީ އެސެމްބްލީ ޕޯލާ ގުޅޭ ގޮތުން އޭނާ ހުށަހެޅި، އޭނާގެ ލޯ ޑިގްރީ ސެޓިފިކެޓަކީ ވަގު ސެޓިފިކެޓެއް ކަމަށެވެ.
ޖީތެންދުރާ ހައްޔަރު ކުރުމަކީ އާމް އާދަމީ ޕާޓީ އަށް ލިބުނު ވަރަށް ބޮޑު ހައިރާން ކަމެއް ކަމަށް ނޫސްތަކުން ބުންޏެވެ.
ޖީތެންދުރާ ބުނަނީ ބިހާރުގައި ހުންނަ ތިލަކް މަންޖިހި ބަހަގަލްޕޫރު ޔުނިވަސިޓީ އިން އޭނާ ޑިގްރީ ޕްރޮގްރާމް ފުރިހަމަ ކުރި ކަމަށެވެ.
އޭއޭޕީ ޕާޓީ އިން ބުނަނީ ޖީތެންދުރާ ބިހާރު ލޯ ސްކޫލުން ތިން އަހަރުގެ ޑިގްރީ ޕްރޮގްރާމެއް ފުރިހަމަ ކުރި ކަމުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާފައިވާނެ ކަމަށެވެ.