09 Jun 2015, 10:28
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވޮލީ ބޯޅަ މުބާރާތް (އެސޯސިއޭޝަން ކަޕް)ގެ ފައިނަލް މެޗްގައި ފަހަތުން އަރައި މޯލްޑިވިއަން ސްޕޯޓްސް ތިން ސެޓް އެއް ސެޓުން ބަލިކޮށް ޕޮލިސް ކުލަބު އެ މުބާރާޓުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓްގައި ކުޅުނު މެޗްގައި މޯލްޑިވިއަން ފުރަތަމަ ސެޓް 25-19 އިން ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓް ޕޮލިސް ކުލަބު ކާމިޔާބު ކުރީ 25-18 އިންނެވެ. އަދި ތިން ވަނަ ސެޓް، އެޓީމްގެ ދެ ވަނަ ސެޓް 25-19 އިން ކާމިޔާބު ކުރިއިރު އެންމެ ފަހު ސެޓް، އެޓީމްގެ ތިން ވަނަ ސެޓް ކާމިޔާބު ކުރީ 25-18 އިންނެވެ.
ޕޮލިސް ކުލަބު ވަނީ މިމުބާރާތް އަށް ފަހަރު ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިމިގްރޭޝަންއެވެ.
މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ މާތޮޑާ ސްޕޯތްސް ކުލަބެވެ.
މުބާރަތުގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވިފައިވަނީ ސިލްމާ ޒާހިރެވެ. މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މޯލްޑިވިއަން ސްޕޯޓްސްގެ މަރްޔަމް މިޒުނާއެވެ. 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މޯލްޑިވިއަން ސްޕޯޓްގެ އާމިނަތު އަރީޝާއެވެ.
ފެއާޕްލޭ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބު ޚަދީޖާ އިބްރާހިމްއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ ކޯޗް މުޙައްމަދު ނަދީމެވެ.
މުބާރާތުގެ ޑްރީމް ޓީމަށް ހޮވިފައިވާ ކުޅުންތެރިން
- ޢާއިޝަތު މާޖިދާ (މޯލްޑިވިއަން ސްޕޯޓްސް)
- ފާތިމަތު ޒޫޝަން ޒަރީރު (މޯލްޑިވިއަން ސްޕޯޓްސް)
- ހައްވާ ސަހާ (މޯލްޑިވިއަން ސްޕޯޓްސް)
- ޝަހުލާ އާދަމް (މޯލްޑިވިއަން ސްޕޯޓްސް)
- އާމިނަތު ޝައްފަ (ޕޮލިސް ކުލަބު)
- ޙައްވާ ރަޝީދާ (ޕޮލިސް ކުލަބު)
މުބާރާތުގެ ފިރިހެން ޑިވިޝަން މުބާރާތް އަދި ދަނީ ކުރިއަށެވެ. ފިރިހެން ޑިވިޝަން ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ މިމަހު 16 ވަނަ ދުވަހުއެވެ.