އެލައިޑް އިންޝުއަރެންސް އާއި އެމްއެންޑީއެފް ގުޅިގެން "ގިނި ފެސްޓު"ގެ ނަމުގައި މޫނިފޫހި ފިލުވުމާއި ހޭލުންތެރި ކުރުމަށް ހާއްސަ ފެސްޓިވަލެއް ފަށައިފި އެވެ.

އެލައިޑް އިންޝުއަރެންސްގެ 30 ވަނަ އަހަރީ ދުވަހާއި އެމްއެންޑީއެފްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ބޭނުމުގައި އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދާ އެ ހަރަކާތް ފަށާފައި ވަނީ ކުޑަކުދިންގެ ހަވީރާއެކު އެވެ.

ގިނި ފެސްޓުގެ ތެރެއިން މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރު: ފެސްޓިވަލްގެ ބޮޑެތި ހަރަކާތްތައް އޮންނާނީ މިރޭ--- ސަން ފޮޓޯ: އަލީ ނަސީރު

ކުޑަކުދިންގެ ހަވީރުގައި ވޯޓާ ސްލައިޑްގެ އިތުރުން ކުޑަކުދިންނާ ގުޅޭ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭގެ އިތުރުން ގޭތެރޭ އަލިފާނުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމާއި އެފަދަ ކަންތައްތަކާ ގުޅޭ ގޮތުން އިތުރަށް އަހުލުވެރި ކުރުމުގެ ހަރަކާތްތަކެއްވެސް ވަނީ އެ ހަވީރުގައި ކުރިއަށް ގެންގޮސްފަ އެވެ.

ކުޑަކުދިންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން އަލިފާނުން ދިމާވެދާނެ ހާދިސާތަކުން ރައްކާތެރިވުމާބެ ހޭގޮތުން މައުލޫމާތި ދިނުމަށް ސްޓޯލުތަކެއް ވަނީ އެތަނުގައި ހުޅުވާފަ އެވެ.

ގިނި ފެސްޓުގެ ތެރެއިން މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރު: ފެސްޓިވަލްގެ ބޮޑެތި ހަރަކާތްތައް އޮންނާނީ މިރޭ--- ސަން ފޮޓޯ: އަލީ ނަސީރު

އެލައިޑް އިން ބުނީ، އެފަދަ ފެސްޓިވަލް އެއް ބޭއްވުމުގެ މަގްސަދަކީ އަލިފާނުގެ ހާދިސާއަށް ރައްކާތެރިވެ ތިބުމަށް މުޖުތަމައު އިތުރަށް ހޭލުންތެރި ކުރުން ކަމަށެވެ.

ގިނި ފެސްޓުގެ ބޮޑެތި ހަރަކާތްތައް މިރޭ 9:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ރާއްޖޭގައި ބާއްވާފައި ނުވާ ފަދަ ބޮޑެތި އައިޓަމްތަކެއް ފެނިގެން ދާނެ ކަމަށް އެލައިޑް އިން ވަނީ ބުނެފައެވެ. އޭގެެ ތެރޭގައި އެމްއެންޑީއެފް އިން "ފަޔާ ޑާންސް" އާއި "ފަޔާ ޑްރިލް" އަދި "ވޯޓާ ޑިސްޕްލޭ" ގެ ހަރަކާތްތައް ދައްކާލާނެ ކަމަށް އެލައިޑް އިން ވަނީ ބުނެފަ އެވެ.