ބޮލީވުޑުން ބާއްވާ އެންމެ ބޮޑު ފިލްމް ފެއާ އެވޯޑް ކަމުގައިވާ އައިފާ އެވޯޑްގެ މިއަހަރުގެ އެންމެ މޮޅު ފިލްމްގެ މަގާމު "ކުއީން" ހޯދައިފި އެވެ.

ކަންގަނާ ރަނާވަތު ލީޑްރޯލް ކުޅުނު އެ ފިލްމުގައި ދައްކުވައި ދެނީ މިޑްލް ކްލާސް އާއިލާއަކަށް ނިސްބަތްވާ އަންހެން ކުއްޖެއްގެ ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށް، އެ ކަނިވެނި ކެންސަލްވުމާއެކު އެ އަންހެން ކުއްޖާ ދެކުނު ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އެކަނިމާ އެކަނި ހަނީމޫނަށް ކުރާ ދަތުރެކެވެ.

މެލޭޝިއާގެ ކުއަލަމްޕޫރުގައި ބޭއްވި އެވޯޑު ހަފްލާގައި އެންމެ ގިނަ އެވޯޑްތައް ހޯދައިފައި ވަނީ ކުއީންގެ އިތުރުން ހައިދަރު އަދި ޕީކޭ އެވެ.

ކަންގަނާ އަށް އެންމެ މޮޅު އެކްޓްރެސްގެ މަގާމު ކްއީން އިން ލިބިފައިވާއިރު އެންމެ މޮޅު އެކްޓަރުގެ މަގާމު ލިބިފައި ވަނީ ޝާާހިދު ކަޕޫރަށެވެ.

އައިފާ ފިލްމް ފެއާ އެވޯޑްގެ ތެރެއިން -

އެންމެ މޮޅު ޑައިރެކްޓާގެ އެވޯޑް ޕީކޭ އިން ރާޖުކުމާރު ހިރާނީ އަށް ވަނީ ލިބިފަ އެވެ. ނެގަޓިވް ރޯލުން އެންމެ މޮޅު ރޯލްގެ އެވޯޑް ހައިދަރުން ކޭ ކޭ މެނަން އަށް ލިބުނު އިރު އެންމެ މޮޅު ސަޕޯޓިންގް އެކްޓަރުގެ އެވޯޑް ލިބިފައި ވަނީ އޭކްވިލަން އިން ރިތޭޝް ދޭޝްމުކް އަށް އަދި އެންމެ މޮޅު ސަޕޯޓިންގް އެކްޓްރެސްގެ މަގާމު ލިބިފައި ވަނީ ހައިދަރުން ތާބޫ އަށެވެ.

އައިފާ ފިލްމް ފެއާ އެވޯޑްގެ ތެރެއިން

މީގެ އިތުރުން މިދިޔަ އަހަރާއި މިއަހަރު ވެސް މޮޅު ފިލްމްތަކެއް ކުޅެފައިވާ ދީޕިކާ ޕަދުކޯން އަށް ވަނީ "ވުމަން އޮފް ދި އިޔާ އެވޯޑް" ލިބިފަ އެވެ.