ގިނަ އުފެއްދުންތަކެއް ދައްކާލުމުގެ ވައުދާއެކު އެޕަލް ކުންފުނީގެ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެސް (ޑަބްލިއުޑަބްލިއުޑީސީ) މިއަހަރު ވެސް ފަށައިފި އެވެ.

އެޕަލް ކުންފުނިން ކޮންމެ އަހަރަކު އެއްފަހަރު ކެލިފޯނިއާ، ސެންފްރެންސިސްކޯ ގައި ބާއްވަމުން އަންނަ އެ ކޮންފަރެންސަކީ ފަސް ދުވަހުގެ މުއްދަތަކަށް ދެމިގެންދާ އިވެންޓެކެވެ.

ޑަބްލިއުޑަބްލިއުޑީސީ އަކީ އެޕަލް ކުންފުނިން ކޮންމެ އަހަރަކު އެ ކުންފުނީގެ އައު އުފެއްދުންތައް ދައްކާލުމަށް ބާއްވަމުން އަންނަ އިވެންޓެކެވެ. މިއަހަރުގެ އިވެންޓުގައި 5،000 އަށްވުރެ ގިނަ ފަރާތުން ބައިވެރި ވާނެ ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

މިއަހަރުގެ ޑަބްލިއުޑަބްލިއުސީޑީގައި އައިއޯއެސް ނުވައެއް އަދި އައިފޯނުގެ ފަހު އިންސްޓޯލްމެޓް ދެކިލުމުގެ އިންތިޒާރުގައި އެއްބަޔަކު ކެތްމަދު ވެފައި ތިބި ނަމަވެސް އެންމެން ކަހަލަގޮތަކަށް ސަމާލުކަން ހުއްޓިފައި ވަނީ ރީވޭމްޕްކޮށްފައިވާ ބީޓްސް މިއުޒިކް ސްޓްރީމިން ސާވިސްގެ ދައްކާލުމަށެވެ.

އެޕަލް އިން ބުނާގޮތުގައި ބަދަލުތަކާއެކު ނެރުމަށް ހަމަޖެހިފައިވާ އެ ސާވިސްއަކީ މަޝްހޫރު މިއުޒިކް ސްޓްރީމިން ސާވިސް "ސްޕޮޓިފައި" ބަލިކޮށްލެވޭނެ ސާވިސް އެކެވެ.