އަންނަ ބުރާސްފަތި ދުވަހު ޗިލީގައި ފަށާ ދެކުނު އެމެރިކާ ކަޕް ނުވަތަ ކޮޕާ އެމެރިކާގައި ގިނަ ބައެއްގެ ފޭވަރިޓް ޓީމަކީ އާޖެންޓީނާއެވެ.

ބްރަޒިލްގެ ބޭއްވި ވޯލްޑްކަޕްގައި އާޖެންޓީނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ބަޔަކު ބުނަމުން ދަނީ މުބާރާތް ކާމިޔާބު ކުރުން އެންމެ ގާތީ އެޓީމް ކަމަށެވެ.

ގިނަ ބަޔަކު އާޖެންޓީނާއާ މެދު އުންމީދު ކުރާ އަނެއް ސަބަބަކީ އެޓީމްގެ ކުޅުންތެރިން ޔޫރަޕްގެ މުބާރާތްތަކުގައި ދައްކާފައިވާ މޮޅު ކުޅުމެވެ. އެއީ ޔޫއެފްއާ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރި ބާސެލޯނާގެ ފޯވަޑް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ އެ ޓީމްގެ ޑިފެނަޑަރު ހޭވިއޭ މަޝަރާނާ އާއި ޗެމްޕިއަންސް ލީގްގެ ރަނަރަފު ޔުވެންޓަސްގެ ކާލޯސް ޓެވޭޒް ދައްކާފައިވާ މޮޅު ކުޅުމުގެ ސަބަބުންނެވެ.

އެ މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން ފީފާގެ ރޭކިންގެ އެންމެ ކުރީގައި އޮތީ ވެސް އާޖެންޓީނާ އެވެ. މިދިޔަ މަހު އާންމު ކުރި ޔޫއެފްއާ ރޭކިންގައި އެ ޓީމަށް ލިބިފައި ވަނީ ދުނިޔޭގެ ތިން ވަނަ އެވެ.

އަނެއް ސަބަބަކީ މުބާރާތުގައި އަނިޔާގެ މައްސަލަ ވެސް އެންމެ ކުޑަ ޓީމަކީ އާޖެންޓީނާއެވެ. ކުރިން ބާސެލޯނާއަށް ކޯޗްކޮށްދިން މިހާރު އާޖެންޓީނާގެ ކޯޗް ދެރޯޑޯ ޓާޓާ މަޓިނޯގެ ސްކޮޑްގައި އަނިޔާގެ ސަބަބުން ނުހިމެނުނީ އެންމެ ކުޅުންތެރިޔެކެވެ. އެއީ ސްޕެއިންގެ ވިލަރިއާލްއަށް ކުޅެމުންގެންދާ މެޓާޓިއޯ މަސާޝިއޯ އެވެ.

މުބާރާތުގައި އާޖެންޓީނާ ލައްވާލީ ވެސް ވަރުގަދަ ޓީމްތަކެއް ހިމެނޭ ގުރޫޕް ބީ ގައެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ މުބާރާތުގެ އެންމެ ކަމިޔާބު ޓީމް އަދި އެންމެ ފަހުގެ ޗެމްޕިއަން އުރުގުއޭގެ އިތުރުން ޕެރަގުއޭއާ، ޖަމައިކާއެވެ. އުރުގުއޭ ވަނީ މުމުބާރާތް 15 ފަހަރު ކަމިޔާބުކޮށްފަ އެވެ.

އާޖެންޓީނަ ކުޅޭ ފުރަތަމަ މެޗް އޮންނާނީ މިމަހުގެ 13 ވަނަ ދުވަހު ޕެރަގުއޭއާ ދެކޮޅަށެވެ.

ދެހާސް އެގާރަ ވަނަ އަހަރު ބޭއްވި މުބާރާތުން އާޖެންޓީނަ ކެޓީ ކްއާޓާ ފައިނަލްގައި ޗެމްޕިއަން ޕެރަގުއޭ އަތުންނެވެ.