08 Jun 2015, 14:03
ފުދުންތެރިކަން ނެތް ދަރިވަރުންގެ ތެރެއިން ކިޔަވަމުންދާ ދަރިވަރުންނަށް ޒަކާތު ފަންޑުންދޭ އެހީ އަށް އެދުމުގެ ފުރުސަތު މެދުކަނޑާލަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީ އިން ވަނީ މާޗު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފުދުންތެރިކަން ނެތް ދަރިވަރުންނަށް ޒަކާތު ފަންޑުން އެހީއަށް އެދުމަށް ހުޅުވާލާފަ އެވެ.
އެ މިނިސްޓްރީ އިން ބުނީ އެފަދަ ދަރިވަރުންނަށް ޒަކާތު ފަންޑުން މި އަހަރަށް ކަނޑައަޅާފައިވާ ބައިން އެހީއަށް އެދޭ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތު މިބުރާސްފަތިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
މެދުކަނޑާލާ ސަބަބު ސާފު ކުރުމުން އެ މިނިސްޓްރީގެ ކަމާ ގުޅޭ ފަރާތްތަކަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ސަބަބު ވަނީ ސާފުވާގޮތްނުވެފަ އެވެ.
އިސްލާމިކް މިނިސްޓްރީ އިން އެ ފުރުސަތު ކުރިން ހުޅުވާލީ ކޯސްތަކަށް ފީދައްކަން ދަތިވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުންނެވެ.