ސްރީލަންކާގައި ހުރި އެކިއެކި ކޯސްތަކާއި ސްކޯލާޝިޕްތަކާ ގުޅޭ މައުލޫމާތު އެއްތަނަކުން ފޯރުކޮށްދިނުމަށް ބާއްވާ "ސްރީލަންކަން އެޑިއުކޭޝަން ފެއާ" މިއަދު ހުޅުވައިފި އެވެ.

ފެއާ ކުރިއަށްދަނީ ނެޝަނަލް އާޓްގެލަރީގައެވެ. އެ ފެއާ ރަސްމީކޮށް ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުލް ނަޒީރު އެވެ.

އެޑިއުކޭޝަން ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު ނަޒީރު ވިދާޅުވީ، މިހާރު ވެސް ރާއްޖޭގެ ގިނަ އާއިލާތަކެއް، އަދި އާއިލާއާ ވަކިން ގޮސް ތައުލީމު ހާސިލްކުރާ އެތައް ދިވެހިންތަކެއް ސްރީލަންކާއި ދިރިއުޅެމުން އަންނަ ކަމަށެވެ.

ފެއާ ހުޅުވުމަށް މިއަދު އާޓްގެލަރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ހަމަ އެއާއެކު ސްރީލަންކާގެ އެތައް ޓީޗަރުންނެއް ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށާއި، މި ފެއާގެ ސަބަބުން ރާއްޖޭގެ ދަރިވަރުންނަށް ލަންކާގައި މަތީ ތައުލީމު އުނގެނުމުގެ ގިނަ ފުރުސަތުތައް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ފެއާ ކުރިއަށްދާނީ މިމަހު އަށެއް އަދި ނުވަވަނަ ދުވަހު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ. އަދި އައްޑޫ ސިޓީގައި ވެސް އެއްދުވަހުގެ މުއްދަތައް ފެއާ ކުރިއަށް ގެންދާނެ އެވެ.

ސްރީލަންކަން އެޑިއުކޭޝަން ފެއާއަކީ ލަންކާގެ އެކްސްޕޯޓް ޑިވެލޮޕްމަންޓް ބޯޑާއި ރާއްޖޭގައި ހުންނަ ސްރީލަންކާ ހައިކޮމިޝަން ގުޅިގެން ކުރިއަށްގެންދާ ފެއާއެކެވެ.