07 Jun 2015, 16:53
އުމުރުން ދުވަސްވީ މީހުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިރޭ މާހެފުމެއް ދެއްވުމުގެ ގޮތުން ހާއްސަ ބައްދަލުވުމެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު މިއަދު 'ސަން' އަށް ވިދާޅުވީ، މިރޭ 8:30 ގައި ކާނިވާ ސަރަހައްދުގައި އޮންނަ އެ މާހެފުމުގެ ހާއްސަ ހަފްލާގައި ދޮށީ އުމުރުގެ މީހުންނާ ރައީސްގެ ދެކަނބަލުން ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ހާލު ބައްލަވައިލައްވަވާނެ ކަމަށެވެ.
" ދޮށީ އުމުރުގެ މީހުންނަށް އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މާ ހެފުމެއް މިއީ. އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އެ އުމުރުފުރައިގެ ހުރިހާ ބޭފުޅުންނަށް ވެސް އެބް އޮތް،" މުއާޒު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިދުވަސްވަރު ސިލްސިލާކޮށް ބާއްވަވަމުން ގެންދަވާ މި ބައްދަލުވުންތަކުގެ ތެރެއިން ރޭ ވަނީ ޒުވާނުންނާ ބައްދަލުކުރައްވައި، ޒުވާނުންނަށް ސަރުކާރުން ކޮށްދެެއްވަން ރާއްވަވާފައިވާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަދައްކަވާފަ އެވެ.