07 Jun 2015, 15:02
އއ. ކަނދޮޅު އައިލެންޑް ރިސޯޓުން މަސްތުގޭ ހާލަތުގައި ތިއްބައި ހައްޔަރުކުރި އެތަނުގެ ދެ މުވައްޒަފުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ އެ ދެ މީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
"އެ ދެމީހުން ބަންދުގައި ބައިތިއްބަން ފުލުހުންނަށް ނުފެންނާތީ ދޫކޮށްލީ،" އޮފިޝަލް ވިދާޅުވި އެވެ.
އެރިސޯޓުން ކުރި ރިޕޯޓަކާ ގުޅިގެން އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން އެ ރަށަށް އަރައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރުމަށް ފަހު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ދެމީހުން ނޫން އަނެއް ދެމީހުން ވަނީ ހަމަ އެރޭ ދޫކޮށްލައިފަ އެވެ.