07 Jun 2015, 09:39
އައްޑޫ ސިޓީގެ ގަމާއި ފޭދޫއާ ދެމެދު އޮންނަ ކޯޒްވޭ ސަރަހައްދުން ދުއްވާފައި ދިޔަ ކާރެއް މޫދަށް ވެއްޓިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރޭ ފަތިހު 4:30 އެހާކަންހާއިރު އެ ހާދިސާ ހިނގިއިރު ކާރުގައި ތިން މީހުން ތިބި ކަމަށެވެ. ނަމަވެސް އެއިން އެެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ކާރު ދުއްވި މީހާގެ ލައިސަންސް ވެސް އޮތް ކަމަށާއި ނަމަވެސް މޫދަށް ވެއްޓެން ދިމާވި ސަބަބު އަދި ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.
"ކާރު މޫދަށް ވެއްޓެން ދިމާވި ސަބަބު މިއަންނަނީ ބަލަމުން،" އޮޮފިޝަލް ވިދާޅުވި އެވެ.
އެ ހާދިސާގައި މޫދަށް ވެއްޓުނު ކާރު ފުލުހުންނާއި ކާރުގެ ވެރިފަރާތާ ގުޅިގެން މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ނަގައިފަ އެވެ.