އިންޑިޕެންޑެންޓް ގޯލްޑަން ޖުބުލީ ވެޓަރަންސް މުބާރާތުގެ ފައިނަލްގައި 2-1 ގެ ނަތީޖާއަކުން ބަލިކޮށް ސިންގަޕޫރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗްގައި ސިންގަޕޫރުގެ ދެ ލަނޑު ވެސް ކާމިޔާބު ކުރީ ފުރަތަމަ ހާފުގަ އެވެ.

އެގޮތުން އެ ޓީމުގެ ފުރަތަމަ ލަނޑު 14 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަސަދު ސެޖެޑިކްއެވެ. އޭނާއަކީ މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރެވެ.
އޭގެ ހަތަރު މިނެޓް ފަހުން ސިންގަޕޫރުގެ ދެ ވަނަ ލަނޑު ކާމިޔާބުކުރީ ޖުމާރީ ބިން ސެއިމަންއެވެ. އޭނާ ވަނީ ސިންގަޕޫރު މި މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގައި ލަނޑުޖަހާފަ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުނތެރިޔަކަށްވެސް ހޮވުނީ އޭނާ އެވެ.

އިންޑިއާގެ ލަނޑު ދެ ވަނަ ހާފުގެ 20 ވަނަ މިނެޓްގައި ކާމިޔާބުކުރީ ވިޖަޔަން އެވެ. މުބާރަތުގެ އެންމެ މޮޅު ސްޓައިކަރަކަށް ވެސް ހޮވިފައި ވަނީ ވިޖަޔަން އެވެ.

އެ މެޗަށްފަހު މުބާރާތުގެ އެކި މަގާމުތަކަށް ހޮވުނު ކޫޅުންތެރިންނަށާއި ޓީމުތަކަށް ވަނީ އިނާމް ވަނީ ދީފަ އެވެ.

މަގާމުތަކަށާއި ޓީމް ތަކަށް އިނާމު ބައްސަވައި ދެއްވީ ޔޫތު މިނިސްޓަރު އަޙްމަދު ޒުހޫރާއި ހޯމް މިނިސްޓަރު ޢުމަރު ނަޞީރާއި އިންޑިއާގެ ސަފީރު ޝެހެރީއެވެ.