ރޯދަމަހު އާންމު ގެދޮރުތަކަށް އިތުރަށް ރައްކާތެރި ކަމެއް ފޯރުކޮށްދިނުމަށް "ރައްކާވެ ތިބިއްޔާ ގެދޮރު"ގެ ނަމުގައި ލިންކް ސާވް އިން ޕްރޮމޯޝަން އެއް ފަށައިފި އެވެ.

މިއަދުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ކުރިއަަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ޕްރޮމޯޝަންގައި ގޭތެރެ ރައްކާތެރިކުރުމަށް ބޭނުން ކުރާ ސާމާނު ހެޔޮ އަގުގައި ލިބިގެން ދާނެ ކަމަށް ލިންކްސާވް އިން ވަނީ ބުނެފައެވެ.

އެ ޕްރޮމޯޝަންގައި ލިންކްސާވް އިން ވިއްކާ އެކްސެސް ކޮންޓްރޯލް ސިސްޓަމް އާންމުންނަށް ފަސޭހައިން ހެޔޮ އަގެއްގައި ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެ ކުންފުނިން ބުނީ އެ ސިސްޓަމް ގަންނަ ފަރާތްތަކަށް އިތުުރު ހަރަދަކާ ނުލާ އެތަކެތި ގެންގޮސްދީ ހަރުކޮށްދޭނެ ކަމަށެވެ.

އޭގެ އިތުރުން މި ޕްރޮގްރާމްގައި އިނގިލި ނިޝާން ޖަހައިގެން ބޭނުން ކުރުމުގެ ސިސްޓަމްތަކާއި ސަލާމަތީ ކެމެރާ ސިސްޓަމްތަކުން ވެސް ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ ކަަމަށް އެ ކުންފުނިން ބުންޏެވެ.

އެ ޕްރޮމޯޝަންގައި ވިއްކާ ތަކެއްޗަށް ހަ މަސް ދުވަހުގެ ވޮރެންޓީ ލިބޭނެ ކަމަށާއި އެ މުއްދަތުގައި އެއްވެސް ގެއްލުމެއް ލިބިއްޖެ ކަމުގައިވާނަމަ އެއްވެސް ހަރަދަކާ ނުލައި މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް ލިންކްސާވް އިން ބުންޏެވެ.

ލިންކްސާވް އިން ބުނީ އެ ޕްރޮމޯޝަންއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ހުޅުމާލެއާއި މާލޭަގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށެވެ.