Last Updated: 1 decade 6 month ago

ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ފޮށި ބަހައްޓާފައިވާ ހަ ރަށުގެ ތެރެއިން ބައެއް ރަށްތަކުގައި ވޯޓު ފޮށިތައް ބަންދުކޮށް، ވޯޓު ގުނަން ތައްޔާރުވެއްޖެ އެވެ.
ވޯޓު ގުނަން ފަށާނީ މިއަދު ހަވީރު 4:30 ގަ އެވެ. މާލެއާއެކު ދިއްގަރު ދާއިރާގެ ވޯޓު ފޮށި ބަހައްޓާފައި ވަނީ މ. ދިއްގަރާއި އެ އަތޮޅު މަޑުއްވަރީ އާއި މުލި އާއި ރަތްމަންދޫ އަދި ވޭވަކުގަ އެވެ.
ދިއްގަރު ދާއިރާގެ ވޯޓުލުން ކުރިއަށްދަނީ މިއަދު ހެނދުނު 8:00 އިން ފެށިގެން 4:00 އަށެވެ. މިއަދު ހަވީރު 4:00އާ ހަމައަށް ވޯޓުލާނެ އިތުރު ބަޔަކު ނެތުމުން، ވޯޓު ފޮށިތައް ބަންދުކޮށްފައި ވަނީ ދިއްގަރާއި ރަތްމަންދޫ އާއި ވޭވަށް އާއި މަޑުއްވަރި އަދި މުލި އެވެ. މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށި ބަންދުކޮށްފައި ވަނީ 4:10 ގަ އެވެ.
ދިއްގަރު ދާއިރާގެ އިންތިބާހުގައި ވާދަ ކުރައްވަނީ:
ޝަމީމް އަލީ
މޫސާ ނަސީރު އަހްމަދު
އަހްމަދު ރާޒީ (އެމްޑީޕީ ކެންޑިޑޭޓް)
އަހުމަދު ފާރިސް މައުމޫން (ޕީޕީއެމް ކެންޑިޑޭޓް)
ވޯޓު ގުނަން ފަށައިފި
ހަވީރު 4:00 އަށް ވޯޓު ފޮށިތައް ބަންދު ރަށްތަކުގައި ވޯޓު ގުނަން ފަށައިފި. މާލޭގައި ވޯޓު ގުނަން ފަށާނީ 4:40ގައި. އެއީ އެ ފޮށި ބަންދު ކުރީ 4:10 ގައި ކަމަށްވާތީ، ވޯޓު ގުނަން ޖެހޭނީ ބަންދު ކުރިތާ 30 މިނިޓް ފަހުން ކަމަށްވާތީ.

