06 Jun 2015, 11:55
ގޮތެއް ފޮތެއް ބެލުމެއް ނެތި ސޫރިޔާގައި އާއްމުން އުޅޭ ސަރަހައްދުތަކަށް ދޭ ބެރަލް ބޮމުގެ ހަމަލަތަކާއި ވައިގެ މަގުންދޭ އެހެން ހަމަލާތައް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ކުށްވެރިކޮށްފި އެވެ.
ޔޫއެއިން ސެކިއުރިޓީ ކައުންސިލުން އިއްޔެ އެކަން ކުށްވެރި ކުރި އިރު އެފަދަ ހަމަލާތައް ސޫރިޔާގެ އާއްމުންނާ ދެކޮޅަށް ދެމުން ގެންދަނީ އެގައުމުގެ ސަރުކާރުންނާއި އިސްލާމިކް ސްޓޭޓް (އައިއެސް) އާ ހަނގުރާމަ ކުރުމަށް އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ އިއްތިހާދުންނެވެ.
ރޮއިޓާސް ބުނީ ސޫރިޔާގައި ހިނގަމުންދާ ލޭ އޮހޮރުވުން ހުއްޓުވުމަށް ގުޅިގެން ފިޔަވަޅު އެޅުމަށް ޔޫއެން ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސް، ސަލާމަތީ މަޖިލީހަށް އިއްޔެ ގޮވައިލެއްވި ކަމަށެވެ.
ސަލާމަތީ މަޖިލީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގޮތެއް ގޮތެއް ބެލުމެއް ނެތި އާއްމުން އުޅޭ ސަރަހައްދުތަކަށް ހަމަލާ ދިނުމާއި ބެރަލް ބޮން ފަދަ ހަތިޔާރުތައް ބޭނުން ކުރަމުންދާ ދިއުމާއި މެދު އެކައުންސިލްގެ މެމްބަރުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ސޫރިޔާގެ އަހުލީ ހަނގުރާމައަށް ފަސް އަހަރު ވެފައިވާ އިރު އެހަނގުރާމައިގައި މިހާތަނަށް 200000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 12.2 މިލިޔަން މީހުން ވަނީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފަ އެވެ. ސޫރިޔާގެ އާބާދީ އަކީ ގާތްގަނޑަކަށް 23 މިލިޔަން މީހުންނެވެ.