އެލިއާ އިންވެސްޓްމެންޓް ޕްރައިވޭޓް ލިމިޓެޑްގެ މުއައްޒަފުންގެ ފަރާތުން މޯލްޑިވްސް ބްލަޑް ސާވިސް އަށް ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

އެއީ މިއަހަރު އެލިއާ އިންވެސްޓްމެންޓަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ކުންފުނިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ތެލެސީމިއާ ސެންޓަރުގައި އެލިއާގެ ފަރާތުން ކުރިއަށގެންްދާ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ------- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމާ ގުޅޭ މައުލޫމާތު ދެއްވަމުން އެލިއާ އިންވެސްޓްމެންޓްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ، ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށާފައިވާ އިރު އެ ކުންފުނީގެ މަގްސަދަކީ ރާއްޖޭގައި ލޭ ހަދިޔާކުރާ މީހުން ނުވަތަ ބްލަޑް ޑޯނަރުން އިތުރުކުރުން ކަމަށެވެ.

އެގޮތުން މިއަދު ހިންގާ ޕްރޮގްރާމުގެ އިތުރުން އިންޓަނޭޝަނަލް ބްލަޑް ޑޯނާސް ދުވަހާ ގުޅުވައިގެން ރާއްޖޭގެ ބްލަޑް ސާވިސް އާއި ގުޅިގެން ހަރަކާތްތަކެއް ހިންގަން ނިންމާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

ތެލެސީމިއާ ސެންޓަރުގައި އެލިއާގެ ފަރާތުން ކުރިއަށގެންްދާ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ------- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

"އެނގިވަޑައިގަންނަވާނެ ލެޔަކީ އުފެއްދޭ ނުވަތަ މެނުފެކްޗާ ކުރެވޭނެ އެއްޗެއް ނޫން. އެއީ ހަދިޔާކޮށްގެން ލިބޭ އެއްޗެއް ނޫން. އެހެން ނަމަވެސް ލޭ ލިބުމުގައި ނުވަތަ ލޭ ދިނުމުގައި ވަރަށްގިނަ ތަފާތު ދަތިތަކާ ކުރިމަތިލާން އެބަޖެހޭ. އެހެންވީމަ މިފަދަ ހަރަކާތްތަކުގެ މަގްސަދަކީ އަލަށް ލޭދޭމީހުން އިތުރުކޮށް މިކަމަށް މީހުން އެވެއާ ކުރުން،" ސައީދު ވިދާޅުވި އެވެ.

ދެ ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ އެ ޕްރޮގްރާމްގައި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ކުންފުނިތަކުގެ މުއައްޒަފުންގެ އިތުރުން އާންމު ފަރުދުންނަށް ވެސް އެ ޕްރޮގްރާމްގެ ދަށުން ލޭ ހަދިޔާކުރެވޭނެ ކަމަށް އެލިއާ އިން މައުލޫމާތުދެ އެވެ.

މިއަދު ހެނދުނު 9:00 އިން ހަވީރު 6:00 އަށް ލޭ ހަދިޔާ ކުރުން ކުރިއަށްދާ އިރު ދެވަނަ ދުވަހުގެ ހަރަކާތް އޮންނާނީ މިމަހު 13 ވަނަ ދުވަހު ދަރުބާރުގޭގަ އެވެ.