އިންޑިޕެންޑެންސް ގޯލްޑަން ޖުބުލީ ގްލޯބަލް ވެޓެރަންސް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ދެ ވަނަ މެޗްގައި 6-3 ގެ ނަތީޖާއިން މެލޭޝިއާ ބަލިކޮށް ފައިނަލްގައި އިންޑިއާ ދެކޮޅަށް ނިކުންނަން ޖެހޭ ޓީމަކަށް ސިންގަޕޫރު ވެއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗްގެ ފުރަތަމަ ހާފުގައި ސިންގަޕޫރުން ވަނީ ފަސް ލަނޑު ޖަހައިފައެވެ. ފުރަތަމަ ހާފުގައި ކަރޮލޮޖޮވިޗް މާކޯ ވަނީ ސިންގަޕޫރުގެ ހަމަލާތައް އުފެއްދުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ސިންގަޕޫރުގެ ފުރަތަމަ ލަނޑު ޖުމާރީ ބިން ސެއިމަން ކާމިޔަބުކުރީ މެޗް ފެށިގެން ފުރަތަމަ މިނެޓް ތެރޭގައެވެ.

ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 10 ވަނަ މިނެޓްގައި ކަމިޔާބު ކުރީ ކަރޮލޮޖޮވިޗެވެ. ތިން ވަނަ ލަނޑު ސެޖެޑެސީ ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓްގައެވެ. ހަތަރު ވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓްގައި ވިޖޭ ކުމާރެވެ.

ފަސް ވަނަ ލަނޑު ސިވާ ކުމާރު ކަމިޔާބު ކުރީ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓްގައެވެ.

މެލޭޝިއާގެ ދެ ވަނަ ލަނޑު ދެވަންދުރަން ކާމިޔާބު ކުރީ ދެ ވަނަ ހާފުގެ 21 ވަނަ މިނެޓްގައެވެ. އޭގެ އެއް މިނެޓް ފަހުން ޕެލާނިޓް ވަނީ މެލޭޝިއާގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ސިންގަޕޫރުން ހަ ލަނޑު ޖަހައި ނަތީޖާ ފުޅާ ކުރީ މެލޭޝިއާގެ ދެ ވަނަ ލަނޑު ޖެހިތާ ތިން މިނެޓް ފަހުން ދެ ވަނަ ހާފުގެ 25 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ސިވާ ކުމާރެވެ.

މެލޭޝިއާގެ ތިން ވަނަ ލަނޑަކީ އެޓީމުން ހުރަސް ކުރި ބޯޅައެއް ދިފައު ކުރަން އުޅުމުގެ ތެރޭގައި ސިންގަޕޫރުގެ ޑިފެންޑަރު ޒުލްކަރަން އަތުން ބައި ކޮޅަށް ވަން ލަނޑެކެވެ.

އިންޑިއާ ސިންގަޕޫރު ބައްދަލު ކުރާ ފައިނަލް މެޗް އޮންނާނީ މާދަމާ ހަވީރު 4:30 ގައެވެ.