ހުޅުމާލޭ ބޮޑު މިސްކިތް ކައިރީގައި ހުންނަ އެއް ވަނަ ފްލެޓުގެ ތިން ވަނަ ބުރިން 23 އަހަރުގެ ޒުވާނަކު ވެއްޓި އަނިޔާވެއްޖެ އެވެ. ނަމަވެސް އެ ޒުވާނާ އަށް ސީރިއަސް އަނިޔާއެއްވެފައި ނުވާ ކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވި އެވެ.

"އައިޖީއެމްއެޗްގެ ވޯޑުގައި މިހާރު ވަނީ އެޑްމިޓްކޮށްފައި. ހާލު އެހާ ސީރިއަސް އެއް ނޫން. އަތުގައި އެބަހުރި ފްރެކްޗާއެއް. މައިބަދަ އަށް ކޮންމެވެސް ވަަރަކަށް ގެއްލުންވެފައި ވަނީ" ޒީނަތު ވިދާޅުވި އެވެ.

އެ ޒުވާނާ ވެއްޓުމުގެ ކުރިން އާއިލާގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށް 'ސަން' އަށް ވަނީ މައުލޫމާތުލިބިފަ އެވެ.