05 Jun 2015, 18:18
ލެޑް" އަދި "މޮނޯ ސޯޑިއަމް ގްލުޓަމޭޓް" މެގީ ނޫޑުލުސްގައި ހުރި ކަމަށް ޓެސްޓުތަކުން ދައްކާތީ ރާއްޖޭގައި ވެސް މެގީ ނޫޑުލުސް ވިއްކުން މަނާ ކޮށްފި އެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ވިއްކަމުން އަންނަ މެގީ ނޫޑުލުސްގެ ތަހުލީލުތައް ކުރަމުން އަންނަ ކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ އެ އޮތޯރިޓީ އިން ކުރަމުން އަންނަ ތަހުލީލުތަކުގެ ނަތީޖާ ލިބެންދެން މެގީ ނޫޑުލުސް ވިއްކުމާއި އެ ނޫޑުލުސް ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ.
"މެގީ ނޫޑްލްސް"ގައި ކާބޯތަކެތީގެ ރަހަ މީރުކުރުމަށް ބޭނުންކުރާ "މޮނޮސޯޑިއަމް-ގުލްޓަމޭޓް" ނުވަތަ "އެމްއެސްޖީ" އާއި ކެމިކަލްގެ ބާވަތެއް ކަމުގައިވާ ތިމަރަ އާދަޔާޚިލާފަށް އެކުލެވޭ ކަމަށް ތުހުމަތުކުރެވިގެން އޭގެ ނޫޑްލުސް ތަހްލީލު ކުރި އިރު 13 ޕެކެޓުގެ ތެރެއިން 10 ޕެކެޓްގައި އާދަޔާ ޚިލާފަށް ކެމިކަލްގެ އަސަރު ހުރިކަމަށް ދިއްލީ ސަރަހައްދީ ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި މިކަމާ ގުޅިގެން އިންޑިއާގައި ބޭނުންކުރާ ހުރިހާ ބްރޭންޑެއްގެ ނޫޑްލުސްތައް އަލުން ޓެސްޓުކުރުމަށް ސަރަހައްދީ ސަރުކާރަށް ހެލްތު މިނިސްޓަރު ގޮވައިލެއްވި އެވެ.
އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި މެގީ ނޫޑްލްސް މަނާކޮށްފައި ވިޔަސް އެ ނޫޑްލްސް އުފައްދާ އިންޑިއާގެ ނެސްލޭ އިން ބުނީ ނޫޑްލްސްގައި ނުރައްކާތެރި އެއްވެސް ކަމެއް ނެތް ކަމަށެވެ.