05 Jun 2015, 17:23
ކޮންމެ މީހަކުވެސް އެމީހަކު ނިންމާ ނިންމުމުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ އަސަރާއި މެދު ވިސްނާލަންޖެހޭ ކަމަށް އދ.ގެ ސެކްރެޓަރީ ޖެެނެރަލް ބަންކީ މޫން ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހު ނެރުއްވި ކުރު ޚިޠާބެއްގައި ބަންކީ މޫން ވިދާޅުވީ، ދެމެހެއްޓެނެވި ތަރައްގީގެ އަމާޒަކީ ތިމާވެށްޓަށް ނޭދެވޭ އަސަރުނުކުރާ ގޮތަށް އަދި މުސްތަގުބަލުގެ ޖީލުތަަކަށް ބޭނުންކުރަން ހުންނަ ގުދުރަތީ ވަސީލަތްތައް ނުގެއްލޭގޮތަށް އިންސާނީ ދިރިއުޅުން ތަރައްގީކުރުން ކަަމަށެވެ. މިކަން ކުރުމަށްޓަކައި "އަޅުގަނޑުމެން ގަންނަ ތަކެއްޗަކީ މަދުން ހަކަތައާއި އެހެނިހެން ވަސީލަތް ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްތޯ" ބެލިދާނެ ކަަމަށް ބަންކީ މޫން ވިދާޅުވިއެވެ. އަދި ކާބޯތަކެތި އިސްރާފް ނުކުރުމަށް ވެސް ބަންކީ މޫން ގޮވާލެއްވިއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ "ސެވަން ބިލިޔަން ޑްރީމްސް. ވަން ޕްލެނެޓް. ކޮންސިއުމް ވިތު ކެޔަރ" އެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަން ނިންމީ 1972 ގައި ބޭއްވި އދ.ގެ އާއްމު ބައްދަލުވުމެއްގައެވެ.