05 Jun 2015, 16:59
ރާއްޖޭގެ ފަހުރުވެރި މިނިވަންކަމަށް 50 އަހަރު ފުރޭއިރު ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެމިހުރި ކޮންމެ ފުލުހަކަށް ހާއްސަ މެޑެއްޔެއް ދިނުމަށް ހަމަޖައްސައި އެކުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ފަހުރުވެރި މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ ތާރީހީ މުނާސަބާއާ ގުޅިގެން ފުލުހުންގެ ތެރޭގައި ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅޭގޮތުން ރޭ ދިޓީވީއަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވީ، މިނިވަންކަމަށް 50 އަހަރު ފުރުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންދާ ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށެވެ.

ދިވެހި ފުލުހުންގެ އަހަރީ ދުވަހު ދިވެހި ގައުމީ ދިދަ އަދި ފުލުހުންގެ ދިދަ ޝަރަފާއެކު އުފުލާލަނީ -- ފޮޓޯ: ޕޮލިސް މީޑިއާ
"މި ތާރީޚީ މުނާސަބާގެ ޝަރަފުވެރިކަމާ ހަނދާންތައް ގިނަދުވަހަށް ދެމިގެންދާނެހެން ހެދުމުގެ ގޮތުން ކޮންމެ ފުލުހަކަށް ޔުނީފޯމާއެކު ބޭނުން ކުރެވޭގޮތަށް މެޑެއްޔެއް ދިނުމަށް ހަމަޖައްސައި އެކަމުގެ ތައްޔާރީތައް ވަމުންމިދަނީ،" ކަމިޝަނަރު ވިދާޅުވި އެވެ.
އޭޕްރީލް 3، 2015: ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް "މިނިވަން އުފާވެރި ހަވީރު" ގެ ނަމުގައި ފުލުހުން އިންތިޒާމްކޮށްގެން ބޭއްވި ހަރަކާތްތަކުގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭއިރު ފުލުހުންގެ ހިދުމަތުގައި ދެމިތިބޭ ފުލުހުންނަށް ދޭން ހަމަޖެހިފައިވާ މެޑެއްޔަކީ، މިނިވަންކަމުގެ ފޮނި މީރުކަން ލިބޭގޮތަށް އަދި އެއުފާ ރަމްޒުވެގެންދާގޮތަށް ފުލުހުންގެ ޔުނީފޯމުގައި ބޭނުންކުރެވޭނެ އެއްޗަކަށް ވެގެންދާނެ ކަމަށް ވެސް ކޮމިޝަނަރު ހުސައިން ވަހީދު ވިދާޅުވިއެވެ.

އޭޕްރީލް 3، 2015: ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް "މިނިވަން އުފާވެރި ހަވީރު" ގެ ނަމުގައި ފުލުހުން އިންތިޒާމްކޮށްގެން ބޭއްވި ހަރަކާތްތަކުގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ
ކޮމިޝަނަރު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ފުލުހުންގެ ތެރޭގައި ތަފާތު ހަރަކާތްތައް ކުރިއަށްގެންދާ ކަމަށާއި އެގޮތުން މާލެއާއި އަތޮޅުތަކުގައި ހުންނަ ފުލުހުންގެ މަރުކަޒު ތަކުގައި ބާއްވާ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދަނީ ރައްޔިތުންނާ ގުޅިގެން އާއްމު ރައްޔިތުންނަށް ވެސް އެ އަހަރާކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކަމަށެވެ.

'މިނިވަން ފަންސާސް ސީޕީ ކަޕް' ފައްޓަވައި ދެއްވުމުގެ ރަސްމިއްޔަތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މުސާ