ހުޅުމާލޭގައި ދެ ސައިކަލްޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

މިއަދު ހަވީރު ހިނގި އެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވެފަވާ ކަމަށް ފުލުހުން ވެސް ބުންޏެވެ.

ހުޅުމާލޭ ހޮސްޕިޓަލުން 'ސަން' އަށް މައުލޫމާތުދެއްވި އޮފިޝަލަކު ވިދާޅުވީ އެ ދެމީހުންނަށް ވެސް މާ ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައި ވާ ކަމަށެވެ.

'ަސަން' އަށް އެނގިފައިވާ ގޮތުގައި އަނިޔާވެފައިވާ ދެމީހުންނަކީ އުމުރުން 25 ވަރަކަށް އަހަރުގެ ޒުވާން އަންހެނަކާއި ފިރިހެނެކެވެ.

އަންހެން ކުއްޖާ މަސަައްކަތްކުރަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ކަަމަށް ވެސް ހުޅުމާލޭ ހޮސްޕިޓަލުން ބުންޏެވެ.