04 Jun 2015, 22:36
މޫސުން ގޯސްވުމުގެ މެދުކަނޑާލި ވިލިމާލެ ފެރީގެ ހިދުމަތް އަލުން ފަށައި ހުޅުލެ މެދުވެރިކޮށް ހުޅުމާލެއަށް މީހުން ގެންދަން ފަށައިފި އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް މިރޭ ސަން އަށް ވިދާޅުވީ ވިލިގިނލީގެ ފެރީގެ ހިދުމަތް ވަގުތީ ގޮތުން ފެށީ ގިނަ އަދަދެއްގެ ބަޔަކު އެއަވަށަށް ދިއުމަށް ކިޔޫގައި ތިބުމުން ކަމަށެވެ. ނަމަވެސް މޫސުން ގޯސްވާނަމަ ފެރީ މެދުކަނޑާލާނެ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލެއަށް ދާން ބޭނުންވާ ފަރާތްތައް ފެރީގައި ހުޅުލެއަށް ގެންގޮސް ބަހުގައި ހުޅުމާލެ އަށް ގެންދަމުންދާ ކަމަށް ހަލީމް ވިދާޅުވި އެވެ.
މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވީ މެދުރާއްޖެ ތެރެއަށް މިހާރު ވިލާގަނޑުގައި 30 މެއިލް އާއި 40 މެއިލްއާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭތީ މިރޭ 12:00 އާ ހަމައަށް ރީނދޫ އެލާޓް ނެރެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވަރަށް ކަނޑު ގަދަވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.