ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ކުރިއަށްދާ އިންޑިޕެންޑެންސް ގޯލްޑަން ޖުބުލީ ގްލޯބަލް ވެޓެރަންސް ފުޓްބޯލް މުބާރާތުގެ ގުރޫޕް ބީގެ ދެ ވަނަ މެޗްގައި އިންޑިއާ ޓީމް މޮޅުވެފައި ވަނިކޮށް ފަހަތުން އަރައި 2-2 ގެ ނަތިޖާއަކުން މެލޭޝިއާއިން އެއްވަރުކޮށްފިއެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗު މެލޭޝިއާއިން އެއްވަރު ކުރީ އިންޑިއާއިން ދެ ލަނޑު ޖަހައި ކުރީގައި އޮއްވައެވެ.

އިންޑިއާގެ ފުރަތަމަ ލަނޑު މޫނުސްވާމީ ރަވީ ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓްގައެވެ.

އިނޑިއާގެ ދެ ވަނަ ލަނޑު ދެވަނަ ހާފުގެ ހަތަރު ވަނަ މިނެޓް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ ރަމާން ވިޔަޖަމްއެވެ.

މެލޭޝިއާ ޓީމްގެ ފުރަތަމަ ލަނޑު ދެ ވަނަ ހާފުގެ 14 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޕެލާނީއެވެ.

އެޓީމްގެ ދެ ވަނަ ލަނޑު ދެވަނަ ހާފުގެ 21 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މަނިމަރަމް ސުބުރަމަނިއަމްއެވެ