01 Mar 2011, 16:23
އިސްލާހު ތަކަކާއެކު ހައިކޯޓުގެ އާ ގަވައިދަށް މިއަދު އަމަލު ކުރަން ފަށައިފި އެވެ.
ހައިކޯޓްން މިއަދު ބުނީ ތިން އިސްލާހާއެކު އާ ގަވައިދަށް އަމަލު ކުރަން ފެށީ މި މަހުގެ 16 ވަނަ ދުވަހު ގަވައިދު ގެޒެޓް ކޮށް ޝާއިއު ކުރުމަށް ރައީސް އޮފީހަށް ފޮނުވުމުން ގަވައިދަށް އަމަލުކުރާ ތާރީހުޖެހުނު އިރުވެސް ޝާއިއުކޮށްދީފައި ނުވާތީ ދުވަހު ނޫސް ހަވީރުގައި ސަޕްލިމެންޓެއްގެ ގޮތު ގަވައިދު ޝާއިއު ކޮށް އާންމު ކުރުމަށް ފަހު ކަމަށެވެ.
އަލަށް އަމަލު ކުރަން ފެށި ގަވައިދުގައި އިސްތިސްނާކޮށްފައިވާ ހާލަތްތައް ފިޔަވައި ހައިކޯޓްގައި ވަކާލާތު ކުރެވޭނީ އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން އެ ކޯޓުން ހުއްދަ ދޭ ފަރާތްތަކަށެވެ.
ނަމަވެސް މިއަދު ގަވައިދަށް އަމަލު ކުރަން ފެށުމުގެ ކުރިން ހައިކޯޓްގައި ރައްޖިސްޓްރީކޮށްފައިވާ ވަކީލުން އަލުން ހުއްދަ ހޯދާކަށް ނުޖެހެ އެވެ.