ހައްޖު ކޯޕަރޭޝަންގެ މެނޭޖަރަކަށް ހުންނެވި އަރަބިއްޔާ ސުކޫލުގެ ކުރީގެ މުދީރު މުހައްމަދު ރަޝީދު އިބުރާހިމް ރަޝީދަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދެއްވައިފި އެވެ.

އިސްލާމިކް މިނިސްޓުރީގައި މިހާރު ވެސް ހަތަރު ޑެޕިއުޓީ މިނިސްޓަރުން އެބަ ތިއްބެވި އެވެ.

އިސްލާމިކް މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް މުހައްމަދު ރަޝީދު އިބުރާހިމް ރަޝީދު އައްޔަން ކުރައްވާފައިވާއިރު އޭނާ އަކީ ވިލިފުށި ދާއިރާގެ މަޖިލިސް މެމްބަރު ރިޔާޒު ރަޝީދުގެ ބޭބެ އެވެ.