04 Jun 2015, 09:28
މައިލޯ ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ދެވަނަ ބުރުގެ އެންމެ ފަހު މެޗްގައި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަތުން 7-0 ގެ ތަފާތު ބޮޑު ނާތީޖާއަކުން ބަލިވެ މުބާރާތުގައި އެންމެ ލަނޑެއްވެސް ކާމިޔާބު ނުކުރެވި ސްޓާ ޓީމުން މުބާރާތް ނިންމާލައިފި އެވެ.
ކުޅިވަރު އެކުވެނީގެ މައިލޯ ޓާފު ދަނޑުގައި މިރޭ ކުޅުނު މެޗްގައި ޑީއެސްސީގެ ހަތް ލަނޑު ވެސް ކާމިޔާބު ކުރީ ބަނގުލަދޭޝްގެ ގައުމީ ޓީމްގެ ފޯވަޑް ސަބީނާ ކާތުންނެވެ. އޭނާ ވަނީ މިމުބާރާތުގައި މިހާތަށް 20 ލަނޑު ޖާހަފަ އެވެ. އޭނާ އަށް ވުރެ އެއް ލަނޑު އިތުރަށް ޖަހައިގެން 21 ލަނޑާއެކު ލަނޑު ލިސްޓްގެ އެންމެ ކުރީގައި އުޅެނީ ނިއުރޭޑިއަންޓް ނޮގޮންގަމް ބަލަޑޭވީ އެވެ.
ސްތަ ތިމަށް އެންމެ ލަނޑެއް ވެސް ކާމިޔާބު ނުކުރެވުނު އިރު އެޓީމްގެ ކޮޅަށް ވަނީ 57 ލަނޑު ވަދެފަ އެވެ.
އެޓީމަ ދެކޮޅަށް ކުޅުނު އަނެތް ތިން ޓީމުން މުބާރާތުގައި އެތީމް ކޮލަށް ގިނަ ލަނޑުތަކެއް ޖާހފައިވާ އިރު އެތިން ތީމްގެ ވެސް ތަފާތަކީ ޓީމުގައި ހިމެނޭ ބިދޭސީ ކުޅުންތެރިންނެވެ. ނަމަވެސް އެޓީމް ގައި ބިދޭސީ އެއްވެސް ކުޅުންތެރިޔެއް ނުހިމެނެ އެވެ.